Saturday, October 31
ރ. އަތޮޅުގައި އާރުޓީއެލް ފެރީ ދަތުރުކުރާ އަގުތައް ކަނޑައަޅައިފި
ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިޢުލާންކޮށްފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައިވާ ގޮތުން ރ. އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ކުރާނީ ކޮޅަކަށް 35ރ. އާއި 125ރ. އާ ދެމެދުގެ އަގަކަށެވެ. އަދި ދެކޮޅު ޓިކެޓު އެއްކޮށް ނަގާނަމަ އަގުހެޔޮވާނެއެވެ. ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ރ. އަތޮޅު ފެރީ ޚިދުމަތް ފަށާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.

ރ. އަތޮޅުގެ ރައްޔިތުން ފެރީގެ ހިދުމަތަށް އަހުލުވެރިކުރުމަށް ޖޫން މަހުގެ 26 ވަނަ ދުވަހުން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ހިލޭ ދަތުރުތަކަށްފަހު، ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ދަތުރުތަށް ކުރިޔަށް ދާނީ ޓިކެޓް ނަގައިގެން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިގޮތުން އާރްޓީއެލް ވެބްސައިޓް އަދި މޮބައިލް އެޕް ބޭނުންކޮށްގެން ފެރީއަށް ޓިކެޓު ނެގޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު