Monday, October 12
އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލް ހުޅުވުމަށް ކުރަމުން ގެންދާ މަސައްކަތާއި ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އަންނަ މަހު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާއިރު އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށާއި އެކަމަށް ސަމާލުވެ ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އާ ޓަރމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އެމްއޭސީއެލުން ވަނީ އެއަރޕޯޓަށް ވަދެވޭ ބައެއް މަގުތައް ބަންދުކޮށްފައެވެ. އެގޮތުން ވެހިކަލްތައް މިހާރު ހުރި ޓަރމިނަލް އަށް ދިއުމުގައި ބޭނުންކުރަންޖެހޭ ރޫޓްތަކަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އާ ޓަރމިނަލް ހުޅުވާލާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު