އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ "އަހަރެން ވެސް ޢަރަބި ކިޔަވާނަން" ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕުރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 5 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ.
މި ޕުރޮގުރާމު ގައި ބައިވެރިވާން އެދޭ، ޢުމުރުން 18 އަހަރުން މަތީ މީހުން 1 ޖުލައި 2025 ޖުލައި 1ވަނަ ދުވަހު 13:00 ގެ ކުރިން އެކަމަށް އެދޭ ގޫގުލް ފޯމު ފުރިހަމަކުރުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ އެދިފައެވެ.
މި ޕުރޮގުރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ތަރުތީބުން 30 މީހުން ކަމަށް އެ މަރުކަޒުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން