ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިންނެވެ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީން ހާމަކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނެނީ 82 ފިރިހެންކުދިންނާއި 66 އަންހެން ކުދިންނެވެ.
ހަމައެހެންމެ، މެއި މަހުދައުލަތުގެ ބެލުމުގެ ދަށަށް 03 ކުދިން ނެގިފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވަނީ 03 އަންހެން ކުދިންނެވެ.
މި މުއްދަތުގެ ތެރޭގައި ފޯސްޓަރިންގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 1 ކުއްޖަކު މި އަހަރު އެޕްރީލްމަހު ފޯސްޓަރ އައިލާއަކާއި ވަނީ ހަވާލުކުރެވިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 1 ކުއްޖަކު ވަނީ އަނބުރާ އާއިލާއާއި ރީއިންޓެގްރޭޓް ކުރެވިފައެވެ.
އަނިޔާގެ މައްސަލަ
2025 ވަނަ އަހަރުގެ މެއި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ޖުމްލަ 33 މައްސަލަ ހުށަހެޅިފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 17 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ.
ހަމައެހެންމެ، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ޖިންސީ ހާނިކަކުރުމުގެ 01 މައްސަލައާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 01 މައްސަލައާއި، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލައިގެ އިތުރުން، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއި ގުޅޭ 01 މައްސަލަ ވަނީ މިއަހަރު މެއި މަހު މިނިސްޓްރީ އަށް ރިޕޯޓުކޮށްފައިވެއެވެ.
އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 06 މައްސަލައެކެވެ.
މި ލިޔުން ކިޔާލުމުން