Monday, November 16
ރައީސް ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށް ފޮނުއްވައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުވަހުގެ ހެޔޮއެދުންތައް އެ ޤައުމުގެ ރައީސަޑާއި، ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ. އަދި މިއީ އުފަލާއި އެއްބައިވަންތަކަމުގެ ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ދެ ޤައުމުގެ އާންމު މަސްލަހަތަރު ހިމެނޭ ކަންކަމުގައާއި ސަރަހައްދީ ސުލްހައާއި ތަނަވަސްކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު