Saturday, October 31
އެފްއޭއެމްގެ އިންތިޚާބުގައި ބައްސާމަށް ވާދަ ނުކުރެވޭ ގޮތަށް ހުޅުވާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަަށް ވާދަ ނުކުރެވޭ ގޮތަށް، އެ އެސޯސިއޭޝަންގެ އިންތިހާބަށް މިއަދު ހުޅުވާ ލައިފިއެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު އޮންނަ މި އިންތިހާބަށް ހުޅުވާލައި މިއަދު ކުރި އިއުލާނުގައިވާ ގޮތުގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލިފައިވާ ބައްސާމްއަށް އެ އިންތިހަަބުގައި ވާދަކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

އެފްއޭއެމްގެ މި އިންތިހާބުގައި ބައްސާމް ވާދަކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިންތިހާބަށް އިއުލާނު ކުރިއިރު ބައްސާމަށް އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއްވަނީ ސާފުކޮށް ބަންދުވެފައެވެ.

އެގޮތުން މި އިންތިހާބަށް ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. ބައްސާމްއަކީ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހި، އޭނާއާ ދެކޮޅަށް ޝަރީއަތްތަކެއް ވެސް ކުރެވެމުންދާ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު