Saturday, October 31
ކުޑަކުދިންނާ ގުޅޭ 97 އަނިޔާގެ މައްސަލަ މެއި މަހު ހުށަހަޅާފައިވޭ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލަ މެއި މަހު ހުށަހެޅިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާގެ 22 މައްސަލައެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި

  • ޖިންސީ ގޯނާގެ 16 މައްސަލައާއި،
  • ނަފްސާނީ އަނިޔާގެ 13 މައްސަލައާއި،
  • ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލައާއި،
  • އެހެން ކުދިންގެ ފަރާތުން ގަނާކުރުމުގެ 6 މައްސަލަ ވެސް ހުށަހެޅިފައިވޭ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 4 މައްސަލައާއި، އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ އެއް މައްސަލަ ވެސް މެއި މަހު ވަނީ ހުށަހެޅިފައެވެ.

ޖިންސުގެ ގޮތުން ބަލާއިރު، މެއި މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ފިރިހެން ކުދިންގެ 52 މައްސަލައާއި، އަންހެން ކުދިންގެ 45 މައްސަލަ ވަނީ ހުށަހެޅިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު