Friday, November 13
2634 ދަރިވަރުންނާއި އެކު އެކެޑަމީގެ އަދަބީ މުބާރާތްތައް ފެށިއްޖެ

2025ވަނަ އަހަރު ދިވެހި ބަހުގެ އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތައް ފެށިއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ކުރިއަށް ދަނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތެވެ.

މި މުބާރާތް ކުރިއަށް ދަނީ ތިން ދަންފަޅީއަށް ބަހާލައިގެންނެވެ.

އެއީ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތް ހެނދުނު 8 ން ދިހަގަޑި 30 އަށެވެ.
ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް މެންދުރު 14:30 - 12:00 އަށެވެ.
ޅެންހެދުމުގެ 28 ވަނަ ޤައުމީ މުބާރާތް  18:30 - 16:30 އަށެވެ.

ޤައުމީ އަދަބީ މުބާރާތް 2025

އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ...

Posted by Secretariat of the Himandhoo Council, North Ari Atoll on Friday, June 27, 2025

 

މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ޖުމްލަ 1099 ފަރާތެއް ބައިވެރިވެފައިވާއިރު،  ކުރުވާހަކަ ލިޔުމުގައި މިހާތަނަށް 1006 ބައިވެރިން ބައިވެރިވެފައިވެއެވެ. ޅެންހެދުމުގެ މުބާރާތުގައި މިހާތަނަށް 529 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެކެޑަމީން މައުލޫމާތުދެއެވެ.

މި މުބާރާތުގައި77 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަތޮޅު ތަކުގައި މުބާރާތުގައި ކުދިން ބައިވެރިވާނީ އެކުއްޖަކު ކިޔާވާ ސްކޫލަކުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު