Saturday, October 31
މި ފެށުނީ އިސްލާމީ އައު އަހަރެއް ނޫން، ހިޖުރީ އައު އަހަރެއް: މައުމޫން
މި ފެށުނީ އިސްލާމީ އައު އަހަރެއް ނޫން، ހިޖުރީ އައު އަހަރެއް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މައުމޫން ވިދާޅުވީ 1447 އަކީ "ހިޖުރީ" އަހަރެއް ކަމަށާއި، އިސްލާމީއޭ ބުނެވޭނީ ހަމައެކަނި ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވާ ނުވަތަ ދެނެގަނެވޭ ކަންކަމަށް ކަމުގައެވެ. ހިޖުރީ އައު އަހަރު ފާހަގަކުރަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހާދިސާގެ މައްޗަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާއެވެ. މިދިޔަ ހަފުތާގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅަ މާނައެއް އޮތް ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، މި އަހަރުގެ ހިޖުރީ އައު އަހަރު ފެށުނު ދުވަސް ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު