ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކުރާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް ފަސްކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް މޫސުން ގޯސް ވުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ހަރަކާތް ފަސްކުރެވުނު ތާރީޚެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ ފަހުގެ ތާރީހަކަށް ފަސް ކުރެވިފައެވެ. https://t.co/kqYgb6llmk
— Maldives Police (@PoliceMv) June 28, 2025
"ފުލުހަކާއެކު ކޮފީއެއް" ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:30 އިން 6:00 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގެ ތެރެއިން ފުލުހުންނާއެކު އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން