އާދިއްތަ, November 1
ފައިނު އެކްސިޑެންޓް: ޓީޗަރާއި ދެ ކުދިންވެސް ވެންޓިލޭޓަރުގައި

ބުރާސްފަތި ދުވަހުގެ ރޭ ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިންނަށްވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލް ދުއްވަން ތިބީ ދެ ކިޔަވާކުދިންނެވެ. މި ތިން މީހުންނަށްވެސް ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ އިއްޔެ މެންދުރުފަހުއެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު