Saturday, October 31
އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް: އާދަމް ޝަރީފް
އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާ، ޤައުމުގެ ރައުސުލްމާލެއް ކަމަށެވެ. މީގެ އިތުރުން، ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން ވަރަށް މުހިންމު ކަމަށާއި، އުނގޫފާރު ސައިފުޖަމްޢިއްޔާއިން އެފުރުޞަތު ފަހިކޮށްދޭތީ އުފާކުރައްވާ ކަމަށެވެ. ވަޒީރު އާދަމް ޝަރީފު ރ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްޢިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކުރައްވާފައެވެ. މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު