އާދިއްތަ, November 8
ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި
މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ޝެއިޚް ފަރީދު މަސައްކަތްކޮށްދެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން، މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝެއިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ.

އެއާއެކު މިއަދު ޚިދުމަތް ޖަމިއްޔާއިން ވަނީ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. ބިންގާ އަޅައިދިނީ ޝެއިޚްގެ އެ ދެ ދަރިކަލުންނެވެ.

  الحمد لله. މިއަދު ﷲގެ ރަޙްމަތާއެކު މިވަނީ ޝައިޚް އިބްރާހިމް ފަރީދު (رحمه الله) ގެ ނަމުގައި ބަންގްލަދޭޝްގައި ބިނާ ކުރެވޭ މިސްކިތުގެ ބިންގާ އެޅިފައެވެ. ދުޢާއަކީ މި މިސްކިތަކީ އިސްލާމީ އުންމަތަށް ފައިދާކުރަނިވި ޖީލެއް ބިނާކުރެވިގެންދާ ބޮޑު މަރުކަޒަކަށް ވެގެން ދިޔުމެވެ. އަދި މި މިސްކިތުގައި ކުރެވޭ އެންމެހާ ހެޔޮޢަމަލުތަކުގެ ސަބަބުން ޝޭޚް ފަރީދު (رحمه الله) ގެ ދަރަޖަ އުފުލިގެން ދިޔުމެވެ. މި ފުރުޞަތުގައި މިކަމުގައި ބައިވެރިވެދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ﷲ ތަޢާލާ ތިޔަބޭފުޅުންގެ މި ހެޔޮޢަމަލު ޤަބޫލުކުރައްވާށި ! ރާއްޖޭގައި ބިނާކުރެވިގެންދާ މިސްކިތަށް އެހީތެރިވެ ދިނުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާަލެވިފައެވެ. އެހީތެރިކަން ފޯރުކޮށްދެއްވުމަށް 👇 ޚިދުމަތް (މިސްކިތް ފަންޑް) - 7770000141496 މި ފަންޑް އިން ޖަމިއްޔާގެ އިދާރީ އެއްވެސް ކަމަކަށް ޚަރަދު ކުރެވިގެން ނުދާނެއެވެ. Posted by Khidhumaiy on Friday, June 27, 2025
 

ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.

މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާއިން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު