Saturday, October 31
ނާސިން އަދި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

ފަންނީ މީހުން ތަމްރީން ކުރުމަށް ނޭޕާލް އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ތައިލެންޑްގެ ބެންކޮކްގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގެ ތެރެއިން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމް ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް ޚާއްސަކޮށް ނާސިން އަދި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު