Saturday, October 31
ލ. ގަމުގައި "ވޭސްޓް ޓު އާޓް"ގެ ޙަރަކާތެއް ބާއްވައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ލ. ގަމުގެ ބޮޑަމަގަ ބީޗްގައި "ވޭސްޓް ޓު އާޓް" ގެ ޙަރަކާތެެއް ބާއްްވައިފިއެވެ.

މިއަދު ހެނދުނު މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ފާއިޒެވެ.

އެ ވުޒާރާއިން ބުނީ މި ޙަރަކާތުގައި ރަށުގެ 220 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގެ ބައިވެރިން އެސަރަޙައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައިވާ ކަމަށެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޙަރަކާތުގެ މަޤުޞަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުމެވެ.

މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

"ވޭސްޓް ޓު އާޓް" ޙަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި، ޕްލާސްޓިކުން ކތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭނެއްގެ ބައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު