Saturday, October 31
ވަޒީރު ޒަމީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭ.އައި.އައި.ބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅު ނިންމަވާލައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މި ދަތުރުފުޅުގައި ރާއްޖޭގެ ބިނާރާއި މާލީ ކަންކަން އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް، އޭއައިއިބީއާއި ސިނޯޝުއަރ އަދި ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި ޗައިނާއިން އަދާކުރި މެހުމާންދާރީއަށްވެސް ޝުކުރު ދަންނަވައިފައެވެ. އޭއައިއިބީގެ 2025 ވަނަ އަހަރުގެ އަހަރީ ކުރިއަށްގެންދިޔައީ ޖޫން 24 އިން 26 އަށް ޗައިނާގެ ބެއިޖިންގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން"، މި މައުޟޫއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުން ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާފައިވެއެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު