Monday, November 9
މޯލްޑިވިއަން އިން ޓްރެވަލްސްކައިއާ ގުޅިއްޖެ
މޯލްޑިވިއަން އިން ޗައިނާގެ މާކެޓަށް އިތުރަށް ފުޅާކުރުމަށް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއާ ރަސްމީކޮށް ގުޅިއްޖެއެވެ. މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވެލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސް އަދި ޗައިނާގެ އައިއޭޓީއޭގެ ބިލިންގ އެންޑް ސެޓްލްމަންޓް ޕްލޭން، ބީއެސްޕީއާއެކު ރަސްމީކޮށް ގުޅިފައިވާކަމަށެވެ. މި ބަދަލާއެކު ޗައިނާގައި ތިބި އައިއޭޓީއޭއިން އެކްރެޑިޓްކޮށްފައިވާ އޭޖެންޓުންނަށް މިހާރު ޓްރެވެލްސްކައި ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ އީ-ޓިކެޓް ފަސޭހަކަމާއެކު ދޫކުރެވޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ. ޓްރެވެލްސްކައި ޖީޑީއެސް އަކީ ޓްރެވަލްސްކައި ޓެކްނޮލޮޖީ ލިމިޓެޑް އިން ހިންގާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއެކެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ. ދުނިޔޭގައި އެންމެ ބޮޑު ތިން ޖީޑީއެސްގެ ތެރޭގައި ހިމެނޭ، މި ސިސްޓަމުން އެއަރލައިންތަކަށާއި ޓްރެވަލް އޭޖެންސީތަކަށް ޓިކެޓް ރިޒާވްކުރުމާއި، ފުރުމުގެ ކަންކަން ބެލެހެއްޓުމާއި، ޑިސްޓްރިބިއުޝަންގެ އިތުރުން މެނޭޖްމެންޓުގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މޯލްޑިވިއަނުން ދަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއެވެ. މި ރޫޓުތަކުގައި ޚިދުމަތް ދެނީ އެއަރލައިންގެ އޭ330-200 ވައިޑްބޮޑީ މަތިންދާބޯޓުންނެވެ. މިއީ ދުރު މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަމާޒުކޮށްގެން ޚިދުމަތް ދިނުމަށް އެއެރލައިންގެ ފްލީޓަށް ގެނައި ބޯޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު