އާދިއްތަ, November 8
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ދެމިތިބޭނެ: ރައީސް
ދިވެހިރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީގެ މަތީ ދަރަޖައަކަށް ވާޞިލުވުމުގެ މަތިވެރި އަމާޒަށް ވާޞިލުވުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މި ސަރުކާރުން ދެމިހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. "މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒަސް ޑޭ" ދުވަހާއި ގުޅުވައިގެން އެކްސް  ގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި، ވިޔަފާރިވެރިންގެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވިޔަފާރިތަކުގެ ކުރިއެރުމަށް އެހީތެރިވެދިނުމާއި، އައު މާކެޓުތަކަށް ނުފޫޒު ފޯރުވުމުގެ މަގުފަހިކޮށްދިނުމާއި، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ. ރައީސް ވަނީ މިދިޔަ މަހު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގެ ކާމިޔާބީއާއެކު ކުދި ވިޔަފާރިތަކަށް ވެސް ކުރިއަރައިގެން ދެވޭނެ މަގެއް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. "2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ އަމާޒު ހިފާފައިވާތީ، މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމުގައި ސާބިތުވެ ދެމި އޮންނާނެ،" އެ މަނިކުފާނު ގެ ޕޯސްޓްގައި ވިދާޅުވިއެވެ. ރައީސް  ވިދާޅުވީ އިގުތިސާދު ފުޅާކޮށް، ތަރައްގީކުރުމަށް ވިޔަފާރިތަކުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް މި ސަރުކާރުން ދެއްވާނެ ކަމަށެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު