އާދިއްތަ, November 1
ފައިނުގައި ހިނގި އެކްސިޑެންޓެއްގައި ޕްރިންސިޕަލާއި ޓީޗަރަކަށް އަނިޔާވެއްޖެ
ރ. ފައިނުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އެ ރަށުގެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގީ ރޭ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއްގައި ޖެހިގެންނެވެ.ސައިކަލް ދުއްވަން ތިބީ ދެ ކިޔަވާކުދިންނެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ރޭ ވަނީ ގެންގޮސްފައެވެ.

ފުލުހުން "ސަން"އަށް ބުނީ 19:30ހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 20:23ހާއިރު ކަމަށެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.ރ ފައިނު

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު