ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 20 އޮގަސްޓު 2025 ބުދަ ދުވަހުގެ 10:00 އަށް މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން އެދިފައިވެއެވެ.
އެ ވުޒާރާއިން ބުނީ މިކަމާ ގުޅެ ބީލަން ފޮތް ގަންނަން އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ބީލަން ފޮތް ލިބޭނީ 29 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން