ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި، މި އިންޓޭކްގައި ފުރުޞަތު ދެވޭނީ 15 ފަރާތަކަށް ކަމަށެވެ.
އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ.
މި ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ.
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތަކާއި އެކު 8 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް އީމެއިލް އިން ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އެ ހޮސްޕިޓަލުން ބުނީ އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށެވެ.
މި ލިޔުން ކިޔާލުމުން