ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދާއި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހުއެވެ.
ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން މި ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލު ކުރެއްވުމުގެ ތެރެއިން. މި ބައްދަލުވުމުގައި މި ކޯޕަރޭޝަނުން އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި ދެ… pic.twitter.com/W3BUgi3otM
— Road Development Corporation Ltd (@rdcmaldives) June 24, 2025
އާރުޑީސީން ހާމަކޮށްފައިވާ މި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ފަރެސްމާތޮޑާގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި، ދެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ސަރުކާރުން ވަނީ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ބޭނުންވާ ބައެއް މުހިންމު މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފައެވެ. މިގޮތުން ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގެ މަސައްކަތްވެސް އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު ވަނީ އެ ޕޮލިސް ސްޓޭޝަންގެ ބިންގާވެސް އަޅައިފައެވެ.
މި ލިޔުން ކިޔާލުމުން