Saturday, October 31
ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމުން ރައްޔިތުންނަށް ރައީސް ގެ މަރުހަބާ!
ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފިއެވެ. ރ އަތޮޅުގައި މިއަދު ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ. އަދި މިއަދުން ފެށިގެން ޖުލައި މަހުގެ2 ވަނަ ދުވަހާއި ހަމައަށް ފެރީގެ ޚިދުމަތް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ. އަދި3 ވަނަ ދުވަހުން ފެށިގެން އަގ ުނަގާގޮތަށް ވެސް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.  އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް ދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށްދާ ކަމަށް އެމަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު