Saturday, October 31
ކޮންމެ ފަގީރަކަށް 5000 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ބަހައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާ ގެ މަގުން ޒަކާތް ބަހައިފިއެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ބަހާފައިވަނީ 4000 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ އެއްހާސް ރުފިޔާގެ އިތުރުވުމެކެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތް ބަހާފައިވަނީ އިއްޔެއެވެ.

ޒަކާތު ފައިސާ ބަހަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ދަފްތަރުގައި ރަޖިސްޓޤރީވެފައިވާ 2852 މީހަކަށް ޒަކާތުގެ ގޮތުުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހާނެއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ޒަކާތު ފަންޑަށް 100 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތާރީޙުގައިވެސް މިހާގިނަ އަދަދެއްގެ ފައިސާ ޒަކާު ފަންޑަށް ލިބުނު ފުރަތަމަ ފަހަރެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު