Saturday, October 31
ވަޒީރު ތާރިގް، ފިއުޗަރ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިއަށް އޮތްތަނުގައި ހިންގާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ދެވަނަ ފިއުޗަރ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހިމް މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ސަމިޓް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްވި ޚާއްސަ ތަޤްރީރުގައި މިނިސްޓަރ ޠާރިޤު ވަނީ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި މަޝްވަރާތައް އިތުރުކުރުމުގެ މުހިންމުކަމާއި، ދާއިރާގެ އެކި ފަރާތްތަކާއެކު ގާތް ގުޅުމެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި "ދިވެހި ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތެރިންނަށް ބާރުވެރިކަން ދިނުމާއި، ދިވެހި ސަގާފީ ތަޖުރިބާތައް އިތުރުކުރުމަކީ މުހިންމު ކަމެއް" ކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ގެނައުމަށްޓަކައި މައުލޫމާތުތަކަށް ބިނާކޮށް (ޑާޓާ-ޑްރިވަން) ސްޓްރެޓެޖީތައް ބޭނުންކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި، މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިއަށް އޮތްތަނުގައި ހިންގާނެ މަސައްކަތްތައް ރޭވުމާއި މަޝްވަރާކުރުމެވެ. އަދި މިފަދަ މަޝްވަރާތަކާއި ހިޔާލު ބަދަލުކުރުމުގެ މަންސައެއް ޤާއިމުކުރުމެވެ.

މިނިސްޓަރު ޠާރިޤު ފާހަގަކުރެއްވި ގޮތުގައި މި ސަމިޓްގައި މަޝްވަރާކުރެވޭ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންތައްތަކެކެވެ. އަދި މި މަޝްވަރާތަކުން ނިކުންނަ ނަތީޖާތައް ޤައުމުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު