Saturday, October 31
ކައުންސިލް އިންތިހާބުގެ 80 އިންސައްތަ ގޮނޑި ސަރުކާރުން ކާމިޔާބު ކުރާނެ: ފަލާހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 80 އިންސައްތަ ގޮނޑި ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް އެ ގޮތުގައި ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމަށާއި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވޭ. އެޖެންޑާ 19 ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށް." ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ އެމްޑީޕީގެ ލީޑަޝިޕަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތް ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްޑީޕީގެ ވެރިން "ކެއި" ކަމަށް ފަލާހު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު