Saturday, October 31
ވޮރަންޓް އޮފިސަރ ޢަލީ ޙާމިދު ނިޔާވުމުން ރައީސް އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ

ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ ވޮރަންޓް އޮފިސަރު ދޭއް އަލީ ހާމިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހެކެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

"ވޮރަންޓް އޮފިސަރު ދޭއް އަލީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތްކުރައްވާފައި. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުއާ ކުރައްވާ ކަމަށެވެ.

މި ހާދިސާގައި ސަލާމަތް ކުރި މީހުންނަށް ނަައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތް ކުރި ފަސް މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އޭގެ ތެރެއިން ހާމިދު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު