ގއ. ކޮލަމާފުށީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރެވެމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ގއ. ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގއ. ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.#TeamRDC pic.twitter.com/wr6dz9dzOC
— Road Development Corporation Ltd (@rdcmaldives) June 25, 2025
ކޮލަމާފުށީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 6 ޖަނަވަރީ 2022 ގައެވެ. މި މަޝްރޫޢުގެ އަގަކީ 85.3 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން ކޮލަމާފުށީ އައު އެސްފަލްޓް މަގުތައް ހެދުމާއި، ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާއި، ޖަންކްޝަންތައް މަގާ އެއްވަރުކުރުމާއި، ޓްރެފިކް ނިޝާންތައް ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އާރުޑީސީން ދަނީ ދެކުނުގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. އެއީ ތ. ތިމަރަފުއްޓާއި، ލ. ގަން ފޭސް 2 އާއި، ގއ. ކޮލަމާފުއްޓާއި، ގއ. ވިލިނގިލި ފޭސް 2 ގެ އިތުރުން ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ އެވެ.
މި ލިޔުން ކިޔާލުމުން