ކައްދޫއާއި ގަމުގައި ހުންނަ މޯލްޑިވިއަންގެ ޓިކެޓިންގ އޮފީސްތައް ޖުލައި މަހުން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން 1 ޖުލައި 2025 އިން ފެށިގެން ލ. ކައްދޫ އާއި ސ. ގަމުގައި ޤާއިމްކޮށްފައިވާ އެ އެއާލައިންގެ ޓިކެޓިންގ އޮފީސްތައް ބަންދުވާނެއެވެ. މި ޓިކެޓިންގ އޮފީސްތައް ބަންދުކުރަން ނިންމި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ.
📢 Service Update:
Please note that our ticketing offices in Laamu Kadhdhoo and Seenu Gan will be closed effective 1st July 2025.
You can continue to book tickets easily via:
🌐 https://t.co/RqClHLOfVs
💼 Through our sales agents in KDO and GAN
📞 Call Center: 1671
📱… pic.twitter.com/9u6FAg50Wl— MaldivianAero (@MaldivianAero) June 25, 2025
މޯލްޑިވިއަނުން ބުނީ ޓިކެޓިންގ އޮފީސްތައް ބަންދުކުރި ނަމަވެސް، އެ އެއާލައިންގެ ވެބްސައިޓާއި، ސޭލްސް އޭޖެންޓުން އަދި ކޯލް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓު ނަގާލެވޭނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަނާއި، އީމެއިލް އަދި ވައިބަރ މެދުވެރިކޮށް މެސެޖުކޮށްގެންވެސް ޓިކެޓު ބުކްކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން