ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގައި މިއަދު ރޯވެ، އެ ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދުގެ 12:25 ހާއިރު ސިފައިންނަށް ލިބުމާއެކު އެމްއެންޑީއެފް ފަޔަރު އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވި ނަމަވެސް، ރޯވި ޕިކަޕަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.
މި ލިޔުން ކިޔާލުމުން