Monday, November 2
މާލޭ ސަރަހައްދުގައި އިތުރު ޖީޕީ ކްލިނިކް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
މާލޭގެ އެކި ސަރަހައްދުތަކުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތައް ހުޅުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. އެގޮތުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި، ފަހިދިރިއުޅުން ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެކު މިނިސްޓަރ އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސީއީއޯ އަބުދު ރައްޒާޤް ހަލީމް އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލޭގެ 4 ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ޤާއިމުކުރާއިރު، ހުޅުމާލެ އާއެކު ޖުމްލަ 6 ކްލިނިކު ޤާއިމުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ޚިދުމަތް  ވަރަށް އަވަހަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އައިޖީއެމްއެޗްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސް ނުވަތަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އަހަރަކު 150،000 އަށްވުރެ މައްޗެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝާންގެ ހިދުމަތް ހޯދުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 240،000 ގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 238،000 އަށްވުރެ މަތީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު