އާދިއްތަ, November 1
ދަރިވަރަކަށް ގަނާކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

އަތޮޅުތެރޭގެ ސްކޫލެއްގައި ފިރިހެން ދަރިވަރަކަށް ގަނާކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައިގައި ގަނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ ވަނީ މީސްމީޑިއާގައި މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން އޭނާގެ ޕޯސްޓުގައިވާ ގޮތުން އޭނާގެ ދަރިފުޅަށް ކުލާސް ކުއްޖަކު ގަނާކޮށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުމުން ގޮސް ބެލިއިރު، ދަރިފުޅުގެ މޫނަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސްކޫލުން ޖަވާބުދިން ގޮތާމެދު ހައިރާންކަން ފާޅުކޮށް އޭނާ ބުނީ ދަރިފުޅާށް ގަނާކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ސްކޫލުން ބުނި ކަމަށާއި، އެކަން ނޭންގީ ކީއްވެގެންތޯ އެހުމުން ސްކޫލުން ބުނީ އަނިޔާ ލިބެމުންދިޔަ ކުއްޖާ އެ ވާހަކަ ބުނެފައި ނުވާތީ ކަމަށް ކަމަށެވެ.

އޭނާގެ ޕޯސްޓުގައިވާ ގޮތުން ގަނާކުރާކަން ރިޕޯޓުކުރުމަކީ ކުއްޖާގެ ޒިންމާއެއް ނޫން ކަމަށާއި، ކޮންމެ ދަރިވަރަކަށްވެސް ރައްކާތެރިކަން ދިނުމަކީ ސްކޫލްގެ ޒިންމާއެއް ކަމަށެވެ.

އަދި އަނިޔާ ލިބެމުންދާ ކަމާމެދު ޝަކުވާ ނުކުރިޔަސް، މިފަދަ ކަމެއް ހިނގަމުންދާކަން ސްކޫލްގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ފިޔަވަޅު އަޅައި ބެލެނިވެރިޔާއަށް އަންގަން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ މި މައްސަލަ ދޫނުކުރާނެ ކަމަށާއި، ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނެ ކަމަށެވެ.

މި މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު