Saturday, October 31
ރ އަތޮޅުގައި މާދަމާ އިން ފެށިގެން އާރުޓީއެލްގެ ޚިދުމަތް ފަށަނީ
ރ. އަތޮޅުގައި މާދަމާ އިން ފެށިގެން އާރުޓީއެލްގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

 އެގޮތުން ރ. އަތޮޅުގެ ރައްޔިތުން ފެރީގެ ހިދުމަތަށް އަހުލުވެރިކުރުމަށް ޖޫން މަހުގެ 26 ވަނަ ދުވަހުން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ދަތުރުތަށް ހިލޭ ކުރިޔަށް ގެންދެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

ހިލޭ ދަތުރުތަކަށްފަހު، ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީގެ ދަތުރުތަށް ކުރިޔަށް ދާނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ.

އާރްޓީއެލް ވެބްސައިޓް އަދި މޮބައިލް އެޕް ބޭނުންކޮށްގެން ފެރީއަށް ޓިކެޓު ނެގޭނެއެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ޒޯން 2 ގެ ޅ އަދި ނ އަތޮޅުގައި މިހާރުވެސް އާރްޓިއެލްގެ ޚިދުމަތް ކުރިޔަށް ދާއިރު ރ އަތޮޅުގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދާނާ ކުރުމަށް ސަރުކާރުން އަންނަނީ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރަމުންނެވެ.

މި މަޝްރޫގެ ތެރެއިން ރާއްޖެ 3 ފޭސް އަކަށް ބަހައިލައިގެން 6 ޒޯން އަކަށް ބަހައިލައިގެން އެމްޓީސީސީ އާ ހަވާލުކޮށްގެން ރައްޔަތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން އަންނަނީ މަސަތްކަތްކުރަމުންނެވެ.

ރ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ޖޫން މަހު ފަށާނެކަމަށް ސަރުކާރުން މީގެކުރިން ވެސް ވަނީ ބުނެފައެވެ. ސަރުކާރުން ބުނީ، ރ. އަތޮޅަށް ފަހު އާރުޓީއެލްގެ ޚިދުމަތް ދެން ފަށާނީ ބ. އަތޮޅުގައި ކަމަށެވެ. އާރުޓީއެލްގެ ޚިދުމަތް ދަމަހައްޓައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު