Monday, November 2
ފަތުރުވެރިކަމާ ގުޅޭ ފަރާތްތަކާއެކު މެދުއިރުމަތީގެ ހާލަތު މިދަނީ ބަލަމުން: ވަޒީރު ޠާރިޤު
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ހިމެނޭހެން ކަމާބެހޭ އެންމެހައި ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކޮށް، އެއްވެސް ދަތިކަމެއް ނެތި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްދާނެކަން ކަށަވަރުކުރެއްވުމަކީ މިވަގުތު އެންމެ އިސްކަމެއް ދެއްވާ ކަންތައްތައް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފައެވެ. ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރިނަމަވެސް، މިހާރު ބައެއް ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައިލަން ފަށައިފައެވެ. އެއާއެކު، އެ ސަރަޙައްދުގެ ފްލައިޓް އޮޕަރޭޝަންސް މިހާރު ދަނީ އަލުން ހަމައަކަށް އެޅެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު