Saturday, October 31
ނަޝީދު ވިދާޅުވަނީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބޭނީ 20 ޕަސެންޓް ކަމަށް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު އެމްޑީޕީއާއި އަލުން ގުޅުމުން އެކަން ފާހަގަކުރުމަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދުގެ ވާހަކަފުޅުގައި ސިފަކުރެއްވީ އެނބުރި ގެއަށް ވަޑައިގަތުން ކަމަށެވެ. އަދި އެކަމުގެ ފޮނި އިހުސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށާއި އެ އިންތިހާބު ކާމިޔަބުކުރަން ޖެހޭކަމަށެވެ.

އެ އިންތިޚާބުން ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް ރޭ އެމަނިކުފާނު ވިދާޅޫވިއެވެ.

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ" މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދުވެސް ވަނީ ކުރިއަށް އޮތް ލލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީޕީގެ އިސްވެރިން ބައިވެރިވި މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯޅިހް ރޭގެ ޖަލްސާގައި ބައިވެރިވަޑައިނުގަންނަވައެވެ.

ރައީސް ނަޝީދު އަނބުރާ އެމްޑީޕީއަށް އައީ ދެ އަހަރު ފަހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު