Saturday, October 31
މެދުއިރުމަތީގެ ހާލަތާ ގުޅުންހުރި އިޤްތިޞާދީ އަސަރުތައް ދަނީ ބަލަމުން: މާލީ ވަޒީރު
މެދުއިރުމަތީގައި މިވަގުތު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ފުންކޮށް ދިރާސާކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެކްސްގައި ވަޒީރު މިއަދު ޙިއްސާކުރެއްވި ޕޯސްޓެއްގައި ބަޔާންކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި، ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި، ޤައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުންދެއެވެ. މީގެ އިތުރުން، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، އިންފްލޭޝަންގެ ނިސްބަތާއި، ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، މިކަންކަން ބެލެހެއްޓުމަށް ކަމާގުޅޭ އިދާރާތަކާއެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ދިވެހި ރައްޔިތުންގެ މަންފާ ހިމާޔަތްކުރުމަށާއި، މިފަދަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި މި ހާލަތުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާކަންވެސް ވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު