Saturday, October 31
ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ ޕްލެޓްފޯމްތަކުގެ މައްސަލަ މަޖިލީހުން ބަލަން ނިންމައިފި

މީސް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި، މިނޫނަސް އާންމުންނަށް ގެއްލުންދޭ ސްކޭމްގެ އެހެން މައްސަލަތައް ވެސް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިކަމަށް ނިންމާފައިވަނީ މިފަދަ ސްކީމްތަކުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާތީއާއި، މި މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީއެވެ.

ރާއްޖޭގައި ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާތީ، އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިރުހާނެވެ.

ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް، އެ މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށާއި، މިފަދަ ޖަރީމާތައް ހުއްޓުވުމަށް އަޅަންވީ ފިޔަވަޅުތައް ދެނެގަތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު