Saturday, October 31
މިސްރުގެ އާ ސަފީރު، ވަޒީރު ހަލީލްއާ ބައްދަލު ކުރައްވައިފި

މިސްރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އާދިލް އިބްރާހިމް، މިއަދު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސަފީރު އާދިލް އިބްރާހިމްގެ ކްރެޑެންޝަލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށްފަހު، ފޮރިން މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު މަޝްވަރާކުރެވުނެވެ. މިގޮތުން ފޮރިން މިނިސްޓަރު ޑރ. ހަލީލް ވަނީ ދިވެހިރާއްޖެއާއި މިސްރުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސަފީރު އާދިލް އިބްރާހިމް ވަނީ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް އަބްދުﷲ ހަމީދާއި، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ މަލްސާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި މިސްރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު