Saturday, October 31
ފެނަކައިގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވަން ފަށައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

މި މަސައްކަތް ފެށިފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ގެންދިޔުމުގެ ގޮތުންނެވެ.

ފެނަކައިން މިއަދު ބުނި ގޮތުގައި، ށ. ނޫމަރާ އަދި ށ. ގޮއިދޫގައި ޤާއިމުކުރަން ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ވަނީ ލޯޑުކޮށް މިހާރު އެ ރަށް ތަކަށް ފޮނުވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކުރެވިފައެވެ. ފެނަކަ އިން ބުނީ އެ މަޝްރޫޢުތައް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ މައުލޫމާތު ކުރިއަށް އޮތްތާގައި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު