Saturday, October 31
ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިހުލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ'

ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. މި ވާހަކަ އެމަނިކުފާނު ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ނަވީން ވަނީ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއަރގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި ކޯހުން އެއްވަނަ ހާސިލުކުރެއްވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދަށް ޚާއްޞަ މަރުޙަބާއެއް ވެސް ވިދާޅުވިއެވެ.

"މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ޚިދުމަތަކަށް ލޯހުޅުވި، ޚިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ޤާބިލުކަން ލިބިގެންދިޔަ ކަމަށް،" ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.

ކޮމިޝަނަރ ނަވީން ވަނީ ދިވެހި މުޖުތަމަޢުގެ ހުޅުވިފައިވާ ސިފައަށް ރިޢާޔަތްކުރައްވައި، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ފެންވަރުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވުމަށް މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.

ރަސްމިއްޔާތު ނިންމަވާލެއްވީ ކޯސް ފުރިހަމަކުރެއްވި އެންމެހައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަލާޙާއި ކާމިޔާބު އަބަދުވެސް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު