Saturday, October 31
ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ހަރަކާތްތެރެވި ކަމަށް ތުހުމަތުކުރެވޭ ޝްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމް.އެން.ޑީ.އެފް އިންނެވެ.

މި ދެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި، މިމަހުގެ 22 ވަނަދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޤާނޫނާ ޚިލާފަށް ހަރަކާތްތެރެވި ކަމަށް ތުހުމަތުކުރެވޭ މި ދެ މަސްބޯޓާމެދު ޤާނޫނުގައިވާގޮތުގެމަތިން ޢަމަލުކުރުމަށްޓަކާ، ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރުމަށް މިހާރުދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް، ޤާނޫނުތައް ތަންފީޒުކުރުމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދެ މަސްބޯޓު، ޑްރޯންގެ އެހީގައި ހޯދަނީ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު