Saturday, October 31
ކުޅިވަރަކީ އެއްބައިވަންތަކަމާއި ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ ހުނަރެއް: ރައީސް
ކުޅިވަރަކީ އެއްބައިވަންތަކަމާއި ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ ހުނަރެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އޮލިމްޕިކް ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވަނީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ކުޅިވަރަކީ، އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށެވެ. ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހެވެ. މިއީ 1894 ވަނަ އަހަރު އޮލިމްޕިކް ގޭމްސް އުފެއްދި ތާރީޚެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު