އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ޚާއްޞަ ދެންނެވުމުގައިވާ ގޮތުން އެ ހޮސްޕިޓަލުގެ 11 ފަންގިފިލާގެ އިމާރާތް (ހިޔލަވިންގ) ގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށް، އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތަކަށް އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ބަދަލުތަކެއް ވަނީ ގެނެވިފައެވެ.
މިގޮތުން 2 ވަނަ ފަންގިފިލާގައި ދެމުންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތައް އަދި 3 އަދި 4 ވަނަ ފަންގިފިލާގައި ދެމުންދިޔަ ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން 5 އަދި 6 ވަނަ ފަންގިފިލާގައި ދެމުންދިޔަ ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑާއި ކޮޓަރިތައް ދަރުމަވަންތައިގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު، 9 ވަނަ ފަންގިފިލާގައި ދެމުންގެންދިޔަ ގައިނީ ތިއޭޓަރުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 12 ވަނަ ފަންގިފިލާގައިވާ ތިއޭޓަރުން ފޯރުކޮށްދޭ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން