Saturday, October 31
ޓެގް އަޅުވާފައި މިހާތަނަށް 10 ގައިދީއަކު ދޫކޮށްފި

ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 10 މީހުން ގައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. އިތުރު ފަސް މީހުން މި ނިޒާމުގެ ދަށުން ދޫކޮށްލުމާ މެދުގައި މިއަދު ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިދިޔަ މެއި މަހުން ފެށިގެން ކުރިއަށްދާ މި މަސައްކަތަކީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ.

ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށެވެ. ފުލުހުންގެ އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ފައިގައި ޓެގު އެޅުވުމަށްފަހު ދޫކޮށްލުމަށް 121 މީހުން އެދިފައިވާކަން ޕީޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. މިހާތަނަށް ދޫކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.

މި މީހުން ދޫކޮށްލެވިފައިވަނީ ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަށްފަހުގައެވެ. މި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު