Saturday, October 31
ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ.

އައިޖީއެމްއެޗުން އެ މުއައްސަސާގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއެކު ވެފައިވާ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން އިތުރަށް ވިދާޅުވެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހި ޞިއްޙީ ހިދުމަތްތެރިންގެ ފަންނީ ގާބިލުކަން އިތުރުވެ، ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާގެ ހޮސްޕިޓަލަކާއެކު ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ވިލިމާލޭގައި ސަރުކާރުން ތަރައްޤީކުރާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު