Saturday, October 31
އިންޓަރސުކޫލު އެތުލެޓިކްސް މީޓް 2025 ކުޅުދުއްފުށީ ސިޓީގައި ފަށައިފި

އިންޓަރސުކޫލު އެތުލެޓިކްސް މީޓް 2025، ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދާނީ ޖޫން 21 އިން 26 އަށް، ކުޅުދުއްފުށި ސްޓޭޑިއަމްގައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި، ހއ، ހދ އަދި ށ އަތޮޅުގެ ޖުމްލަ ނަވާރަ ސްކޫލަކުން 774 އެތުލީޓުން ވާދަކުރެއެވެ.

މިއީ ވަރަށް ބޮޑު މުބާރާތެކެވެ. ޖުމްލަ 108 އިވެންޓް މި މުބާރާތުގައި އޮންނައިރު، 8 އުމުރުފުރާގެ ބައިން ދަރިވަރުން ވާދަކުރާނެއެވެ.

ކުޅުދުއްފުށީ ސިޓީގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް އެ ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނި ގޮތުގައި، މިއީ ކުޅިވަރާއި ހަށިހެޔޮކަމާއި ވުޒާރާއާއި ކުޅުދުއްފުށީ ސިޓީކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދާ މުބާރާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު