Saturday, October 31
ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއެކު ގަވާއިދު އާއްމުކޮށްފި

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެކު ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފި އެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ސަރުކާރުގެ އާއްމުކޮށްފައިވާ ގަވާއިދުގައި ވަނީ އެފަަދަ މަރުކަޒުތައް ހިންގުމުގެ އުސޫލުތަކާއި،  ހިފަހައްޓަންޖެހޭ ސްޓޭންޑަޑްތަކާއި، ހިންގުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ހިމަނާފައެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ  ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބާ މަރުކަޒުތަކެވެ. ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭ ކުދިން ބައިތިއްބާނީ ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކުގަަ އެވެ.

މި ތަންތަން ވާންޖެހޭނީ، ގަވާއިދުގައި ބުނާގޮތުން ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާ އެކަށޭނެ ތަންތަނަށެވެ. އަދި ކޮންމެ މަރުކަޒެއްގައި ވެސް އެ މަރުކަޒެއްގައި ތިބޭ ކުދިންގެ އުމުރާއި ޖިންސާއި އިޖުތިމާއީ ގޮތުން ބިނާކުރަނިވި، އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ދީނީ ގޮތުންނާއި ތައުލީމީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ސިއްހީ ގޮތުން ތަރުބިއްޔަތު ކުރަނިވި އަޅާލުމާއި ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތްތައް ހުންނަން ޖެހެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު