މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުޑްވިލް، އަޙްމަދު ޢަލީ (31އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލްކުރުމުގެ ތެރޭގައެވެ.
މިގޮތުން ފުލުހުން ބުނީ ހުވަނދުމާ ހިނގުމުން ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 15 ގުރާމު ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން