Saturday, October 31
އަންނަ ބުރާސްފަތި ދުވަހު ބްލަޑް ސަރވިސަސް ބަންދުވާނެ

އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަން ބްލަޑް ސަރވިސަސް ބަންދުވާނެ ކަމަށް އެ ސަރވިސަސް އިން ބުނެފިއެވެ.

ބްލަޑް ސަރވިސަސް އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޖޫން 26 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަސް ކަމުން އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށްވާތީ، އެ ދުވަހު އެ ސަރވިސަސް ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން، އިމަރޖެންސީ ހާލަތެއްގައި އައިޖީއެމްއެޗް ނުވަތަ ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ އަށް ދުރުވުމުން ފަރުވާ ކަންތައް ހަމަޖެހޭނެ ކަމަށް އެ ސަރވިސަސް އިން ބުނެއެވެ.

އަދި ޖޫން 28 ވާ ހޮނިހިރު ދުވަހުން ފެށިގެން އެ ސަރވިސަސް އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ޚިދުމަތް ދެމުންގެންދާނެ ކަމަށްވެސް ބްލަޑް ސަރވިސަސް އިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު