Saturday, October 31
ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި ތުއްތު ކުއްޖަކަށް އަނިޔާ ވެއްޖެ

އއ. ތޮއްޑޫގައި ރޭ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 19:30 ހާއިރު ކަމަށްވެއެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން އަންހެނަކާ އެކު މަގުމަތިން ހިނގާފައިދިޔަ ތުއްތު ކުއްޖަކު މަގުމައްޗަށް ދުއްވައިގަތް ވަގުތު، ބާރު ސްޕީޑުގައި އެ މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި، ވިއްސައިގެން ގޮސްފައިވެއެވެ. މި މަންޒަރުތަކަކީ ހިތާމަވެރި މަންޒަރުތަކެކެވެ.

ތޮއްޑޫ ކައުންސިލުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ކުއްޖާގެ ހާލަތު މިހާރު ވަނީ ސްޓޭބަލްވެފައި ކަމަށެވެ.

https://twitter.com/Addey_33/status/1935682013463208374?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1935682013463208374%‎7Ctwgr%5Eeadd835cf3218cd0217f816f0c63e28d9f‎475678%‎7Ctwcon%5Es1_&ref_url=https%3A%2F%2Fsauvees.com%2F‎33881%‎2F

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން، ފުލުހުން ވަނީ މި ހާދިސާގައި ބޭނުންކުރި ސައިކަލު ޓޯކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު